މިދިޔަ އާއްދީއްތަ ދުވަހު ސިވިލް ކޯޓުން ހަވީރު ނޫހުގައި މަސައްކަތް ކޮށްފައިވާ އެއްވެސް މުވައްޒިފަކަށް ކުރިއަށް އޮތް ދެ އަހަރުގައި އެހެން މީޑިޔާއެއްގައި މަސައްކަތް ކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅައި ކުރި ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށާއި އެހުކުމް އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ފި އެވެ.
ދާދި ދެންމެއަކު އެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި ބަޔާނުގައި ވަރަށް ގިނަ ނުކުތާތަކަށް އަލި އަޅުވާފައި ވެއެވެ.
ސިވިލް ކޯޓުން ކުރިން ހަވީރު ނޫހުގައި މަސައްކަތް ކުރި މުވައްޒަފުންނާއި ދެކޮޅަށް ހުކުމް އިއްވި ފަހުން އެޓާނީ ޖެނެރަލް އަނިލް ވަނީ ކުރިންވެސް އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށާއި އެގޮތަށް އެހުކުމް ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް ސިވިލް ކޯޓުން ވަނީ އެކޯޓުން ކުރި ހުކުމަކީ ސައްހަ ހުކުމެއް ކަމަށާއި ހުކުމާއި ހިލާފު ވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމަށް އަންގައި އޭޖީ އަށް ރައްދުދީފައެވެ.
އޭޖީ އޮފީހުން ނިންމާފައިވަނީ ސިވިލް ކޯޓުން ކުރި ހުކުމާއި ހިލާފުވާ ހަވީރުގެ ކުރީގެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ކުރި އަމުރުފައި ދައުލަތަށް ނިސްބަތްވާ ބައި ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށެވެ.