މަޝްހޫރު ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަލާރި މައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ މ. މަސްރޫރާ އަހުމަދު މުއްރަތަށް، މައާފް ނުދޭނެ ކަމަށާއި ހުކުމް ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމަށް ނަޖީބުގެ ވާރިސެއް ކަމަށްވާ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު ބުނެފި އެވެ.
ޝީލާ މިފަދަ ގޮތަށް ބުނެފައި ވަނީ މުއްރަތުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ސްޕްރީމް ކޯޓުން ކަނޑައޅާފައި ވަނިކޮށެވެ.
ޝީލާ ބުނީ އޭނާގެ ބައްޕަ މެރި މައްސަލާގައި ބައްޕަގެ ގާތިލުންގެ މައްޗަށް މަރުގެ ހުލުމް ތަންފީޒު ކުރުމަށް ހުރިހާ ވާރިސުން އެއްބަސްވާ ކަމަށާއި، އެކަމާއި އެކަކު ވެސް ދެކޮޅު ނުހަދާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.
ވަރަށް އިހާނެތި ގޮތަކަށް ޖޫން 30، 2012 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ނަޖީބް މަރާލާފައި ވަނީ މ. މަސްރޫރާ ގެއަށް ނަޖީބު އައުމަށް ދައުވަތު ދީ، ނަޖީބް އެގެއަށް ދިއުމުން ގޮނޑިއެއްގައި ބަނދެފައި ބެހެއްޓުމަށް ފަހު ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާ ދީގެންކަމަށް ކްރިމިނަލް ކޯޓުގައި މައްރަތު ވަނީ ބުނެފަ އެވެ.
ނަޖީބް މަރާލުމުގައި މުއްރަތާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު، ހަނާ ވެސް ބައިވެރިވެ އެވެ.
މުރައްތު މެރުމަށް ސްޕްރީމް ކޯޓުން ތާއީދުކޮށްފައިވާ އިރު ހުކުމް ތަންފީޒު ކުރާނެ ދުވަހެއް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައެއް ނުވެ އެވެ.