މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބަންދު ދުވަހަކަށް ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަސް ހަމަޖެއްސުމާ ގުޅިގެން ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުވެއްޖެ އެވެ.
މި އަހަރުގެ ޖުލައި 26 ދިމާވަނީ އަންގާރަ ދުވަހާ އެވެ.
މިނިވަން ދުވަހާ ގުޅިގެން 27 ބަންދުވެފައި ޖެހިގެން އޮތް 28 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހަށް ވުމުން ރައީސް ޔާމީން ވަނީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
މިނިވަން ދުވަހުގެ ބަންދަށް ފަހު ދެން ސަރުކާރު ހުޅުވޭނީ ޖުލައި 31 ވާ އާދީއްތަ ދުވަހު އެވެ.