އިދިކޮޅު އިއްތިހާދުން މާލޭގައި ބާއްވާ ފުރަތަމަ ޖަލްސާއަށް ކާނިވާ ސަރަހައްދު ހައުސިން މިނިސްޓްރީން ހަމަޖައްސައި ދީފި އެވެ.
ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހަމަޖައްސާދީފައިވަނީ، ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް އިދިކޮޅު އިއްތިހާދުގެ އިސްވެރިން ގިނަ މަސައްކަތްތަކެއް ކުރިފަހުންނެވެ. އިއްތިހާދުގެ ވެރިން ވަނީ މިއަދު ގިނަ އިރުތަކެއް ހައުސިން މިނިސްޓްރީގައި ހޭދަކޮށްފަ އެވެ.
ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވަމުން އަންނަ އިރު، މާދަމާ ރޭގެ ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް އިއްތުހާދުގެ ވެރިންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.