Last Updated: April 19, 23:09
Saturday, April 19, 2025
ސިޔާސީ

އިދިކޮޅު އިއްތިހާދުގެ ޖަލްސާ 21 ގައި

އިދިކޮޅު އިއްތިހާދުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެނީ. ފޮޓޯ: ލޫކަސް

ރޭ ބާއްވަން ނިންމި އިދިކޮޅު އިއްތުހާދުގެ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ސަރުކާރުން ހުއްދަ ދިނަސް ނުދިނަސް ބާއްވާނެ ކަމަށް އިދިކޮޅު އިއްތުހާދުން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ، ވިއްސާރަވުމުގެ ސަބަބުން ރޭ ޖަލްސާ ކެންސަލް ކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އަލުން ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ އިއްތުހާދާއި އަލަށް އިތުރު ފަރާތްތަކުން ގުޅެމުން އަންނަ ކަމަށެވެ.

ޖުލައި 21 ވަނަ ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު ޖަލްސާއަށް ހުރަސް އަޅަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި އިއްތިހާދާއި އަލަށް ގުޅުނު ކުރީގެ ގައުމީ ޕާޓީގެ އިސް ހަރަކާތްތެރިވި އިމާދު ސޯލިހް އާއި ސަންދާނު އަހައްމާއިދީ އާއި ކުރިން ގައުމީ އިއްތިހާދުގައި ހަރަކާތްތެރިވި ޝަމީމް ބައިވެރިވަޑައިގެންނެވިއެވެ.