އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް ރޭ އިފުތިތާހު ކުރަން ފޭދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރަކާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ ސަރުކާރުން އައްޑޫގައި ބާއްވާ ހަފުލާތަކުން އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އާންމުކޮށް ސަރުކާރުން ބާއްވާ ހަފުލާތައް އެމްޑީޕީން ބޮއިކޮޓް ކުރެ އެވެ.
އެހެން ނަަމަވެސް ރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ އިބްރާހީމްދީދީ އާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ބައިވެރިވެވަޑައިގެންނެވި އެވެ.
އިބްރާހީމްދީީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުން އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރޭ އޭނާ އަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ. އަދި ޖަލްސާގައި ސައީދު ވަނީ އެމްޑީީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ދަތުރުފަތުރުގެ ނިޒާމް ގާއިމު ކުރީ ރަނގަޅަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނާ ފާޑު ކިޔާ ފަރާތްތަކުން އަޅުގަނޑުމެންނާ ދިމާލަށް ވައްކަމުގެ އިނގިލި ދިއްކުރަމުންދާ އިރު ކޮންމެވެސް ވަރަކަށް ހަގީގީ ވަގު ހޯދުމުގެ މުބާރާތެއް ނަމަވެސް އަޅުގަނޑުމެން އެބަ ޖެހޭ ހޯދާލަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ ވަގުގެ ވާހަކަ އަޅުގަނޑުމެންނަށް އިޝާރާތްކޮށް، ވަރަށް ރަނގަޅަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި ދައްކަން ފެށީމަ އަޅުގަނޑުމެން ހަގީގަތުގައި ވެސް ލަދު ގަންނަ ކަމެއް."
އެހެންވެ ހަގީގީ ވަގުންނަކީ ކޮބައިކަން އެނގޭ ކަމަށް ވިދާޅުވި އެވެ.
"މިނިސްޓްރީ އޮފް ފިނޭންސްގަ އެބަހުރި ހަގީގީ ވަގުން އެނގެން. ދެހާސް އަށާރަ އައުމުގެ ކުރިން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހަގީގީ ވަގުންނަކީ ކޮބައިކަން." ސައީދު ވިދާޅުވި އެވެ. "ރާއްޖޭގެ ހަތް ސަރަހަދެއްގައި ދަތުރުފަތުރުގެ ނިޒާމް ދެމެހެއްޓުމަށްޓަކައި ކޮންމެ ސަރަހަހައްދަކުން ފަނަރަ ހެކްޓަރުގެ ޓޫރިސްޓް ރިސޯޓެއް ހެދުމަށް ކޮންޓްރެކްޓްކޮށްފައި އޮތީ އެމްޑީޕީގެ ސަރުކާރުން އޮތީ. ފަނަރަ ހެކްޓަރު އެއް ރަށުން ހަމަ ނުވަންޏާ ފަސް ހެކްޓަރުގެ ތިން ރަށުން ދަތުރުފަތުރު ހިންގަން އެ ފަރާތްތަކަށް ތިން ރަށް ދީގެން ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން ސާދަ ފެރީ ރާއްޖޭގައި ދުއްވުމަށްޓަކައި ސާދަ ރިސޯޓް ގާތްގަނޑަކަށް ދޫކޮށްފައި އޮތް."
މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 50 ޕަސަންޓް ރަށުގެ ވާހަކަ ދެއްކިޔަސް އެއިން ކޮންމެ ރަށެއްގެ ޖުމްލަ އާމްދަނީ 140 މިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށެވެ.
"އެކެއް ޕޮއިންޓް އަށެއް ބިލިއަން ދިވެހި ރުފިޔާ ނުވަތަ ދިވެހި ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް އަހަރަކު ގާތްގަނޑަކަށް ފަސްހާސް ފަސްސަތޭކަ ދިވެހި ރުފިޔާ ހަރަދުކޮށްގެން ދުއްވީ އެންމެ ސާދަ ފެރީ،" ސައީދު ވިދާޅުވި އެވެ. "ކޮބައިތޯ މިއަދުގެ ހަގީގަތަކީ؟ މިއަދުގެ ހަގީގަތަކީ ރާއްޖޭގެ ހަތް ސަރަަހައްދުގައި ދިވެހި ސަރުކާރުން ބައި ލާރި ވެސް ނުދީ އިދާރަކުރެވިއްޔާ މި ސިސްޓަމް ކާމިޔާބުކޮށް ނިންމާނީ."
މިނިސްޓަރު ސައީދު ވިދާޅުވީ "ހަގީގީ ވަގު" ހޯދަން ޖެހޭ ކަމަށެވެ.
"މިނިސްޓްރީ އޮފް ފިނޭންސްގަ އެބަހުރި ހަގީގީ ވަގުން އެނގެން. ދެހާސް އަށާރަ އައުމުގެ ކުރިން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހަގީގީ ވަގުންނަކީ ކޮބައިކަން. ހަގީގަތުގައި ވެސް މިކަން އެބަ ޖެހޭ އެނގެން." ސައީދު ވިދާޅުވި އެވެ.