ހިތަދޫ ފާސްފުޑްން ޕްރައިވެޓް ޑައިނިން މެނޫއެއް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފި އެވެ.
މި މެނޫގައި ވަނީ ހަތަރު ވައްތަރެއްގެ ކެއުން ހިމަނައިފަ އެވެ. އެއީ މޯލްޑިވިއަން މެނޫ، އިންޑިއަން މެނޫ، ސީފުޑް މެނޫ އަދި މެޑިޓެރޭނިއަން މެނޫ އެވެ.
މޯލްޑިވިއަން މެނޫގެ އަގަކީ 135ރ. އެވެ. އިންޑިއަން މެނޫގެ އަގު 165ރ. ގައި އުޅޭ އިރު ސީފުޑް މެނޫ އުޅެނީ 199ރ. އަށެވެ.
އަދި މެޑެޓެރޭނިއަން މެނޫގެ އަގަކީ 150ރ. އެވެ.
ފާސްޓް ފުޑުން އަންނީ ސައިކަލް ވިއްކާ ލިޓަސް އާ ގުޅިގެން ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. ގުރުއަތުން ހޮވޭ ފަރާތަތަށް ވޭވް 110 ގެ ސައިކަލެއް ލިބޭ މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016"ގެ ނަމުގައި އެޕްރީލް މަހު މި ޕްރޮމޯޝަންގެ ކޯސްޕޮންސަރުންނަކީ ހައިޑްރޯ ހޯމް ޑެކޯ އާއި، ޗާންދަލިއާ، އައިލެންޑް ބުކްޝޮޕް އަދި ސްކައި ސިކްސްއެވެ.
ޕްރޮމޯޝަންގެ މީޑިއާ ޕާޓްނަރަކީ "އައްޑޫލައިވް"އެވެ.
މި ޕްރޮމޯޝަންގެ ދެވަނަ އަށް ދާ ފަރާތަކަށް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ސޯފާ ސެޓެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ހުށަހަޅާފައި ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީއެކެވެ.
އަދި ހަތަރު ވަނަ އިނާމަކަށް ޗާންދަލިއާއިން އޮޓޯ ދޮންނަ މެޝިނެއް ވަނީ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަންގެ ފަސް ވަނައަށް ދާ ފަރާތަކަށް ސްކައި ސިކްސްއިން ވަނީ މާލޭ/ގަން ދެކޮޅު ޓިކެޓް ހުށަހަޅައިފަ އެވެ.
ފާސްޓް ފުޑްގެ މެނޭޖަރު ނާހިދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް ފާސްޓް ފުޑަށް އޯޑަރު ދިނުމުން ކާ އެއްޗެއްސާ އެކު ކޫޕަން ލިބޭނެ ކަމަށެވެ.
އަދި ކޫޕަން އެޅުމަށް ހިތަދޫގެ ދެ ސަރަހައްދެއްގައި ކޫޕަން އަޅާ ފޮށި ވަނީ ބަހައްޓާފަ އެވެ. އެގޮތުން "ގްލޯ ފުޑް" އާއި "ސަރުސަން 2" ފިހާރައިގައި ކޫޕަން ފޮށި ހުންނާނެ އެވެ.