ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ރައީސް މައުމޫން ހުއްޓުވާފައިވާ ކަމަށް ބުނެ އެކަން އުވާލުމުށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ ރައީސް އާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުން މިއަދު ނިންމައިފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ރައީސް މައުމޫން ހުއްޓުވާފައިވާ ކަމަށް ބުނެ އެކަން އުވާލުމުގެ އަމުރަކަށެވެ. ނަމަވެސް މިއަމުރު ނެރުމަށް އެދުނުއިރު ރައީސް މައުމޫން ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ ގުނަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.
ސިވިލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މި މައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ލިބޭތޯ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ.
ޕީޕީއެމްގެ ފަރާތުން މަޝްވަރާގައި ބައިވެރިވީ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް އެވެ. މައްސަަލަ ހުށަހެޅި ދެ ބޭފުޅުންގެ ފަރާތުން މަޝްވަރާގައި ބައިވެރިވީ ގާނޫނީ ވަކީލް އަހްމަދު ޒަނީން އާދަމެވެ.