ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ފުލުހުންގެ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ހުޅުމީދު އާއި ހިތަދޫގެ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތުލެޓިކްސް ކޯޗިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މި މަހުގެ 7-12 އަށް ބޭއްވި މި ޕްރޮގްރާމުގައި ހުޅުމީދޫ ޝަމްސުއްދީން ސްކޫލާއި އަތޮޅު މަދަރުސާގެ އިތުރުން ހުޅުދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ތެރެއިން ޖުމްލަ 35 ބައިވެރިން ބައިވެރިވެފައިވެ އެވެ.
މީގެ އިތުރުން ހިތަދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ.
މި ޕްރޮގްރާމުގައި ކުޅިވަރުގެ ޤަވާއިދާއި ކުޅިވަރު އަހުލާޤުގެ އިތުރުން ކުޅިވަރުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.