ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި މައްސަލަ ސާބިތުވެ ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މަހުލޫފަށް ހަތަރު މަހަށް ޖަލަށް ލުމަށް ކުރި ހުކުމަކީ އަދަބުގައި އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ވަކީލު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދީފަ އެވެ.
މިއީ މަހުލޫފް ގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވެފައި ފުރަތަމަ ފަހަރަށް ލިބެން ޖެހޭ އަދަބަކީ ލުއި އަދަބެއް ކަމުގައި ވަކީލު ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް މައްސަލަ ސިޔާސީ ކޮށް މަހުލޫފުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށްވެސް އޭނާ ވަނީ މީޑިޔާ އަށް މައުލޫމާތު ދީފަ އެވެ.
ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރި ނަމަވެސް މަހުލޫފުގެ މަޖިލީހުގެ ގޮނޑި ނުގެއްލޭނެ އެވެ.
ގާނޫނުގައި ވާގޮތުން އިންތިޚާބު ކުރެވިފައިވާ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަދާ ކުރަން ޖެހުމުންނެވެ.