އއ. ތޮއްޑޫ ގައި އިއްޔެ ބޭއްވުނު ކުޑަކުދިންގެ ހަވީރެއްގައި ބަހާފައިވާ ހަދިޔާތަކުގެ ތެރޭގައި އޫރު މަސް އެކުލެވޭ ޕެކެޓު ތަކެއް ބަހައިފި އެވެ.
ތޮއްޑޫ ކައުންސިލުން މައުލޫމާތު ދެމުން އެރަށު ބައެއް ރައްޔިތުންނަށް އޭގައި އޫރު މަސް އެކުލެވޭ ކަން ނޭނގި އެ ކެވިފައި ވާކަމަށާއި މިހާރު އެ ޓުއަރިސްޓުން ރާއްޖެއަށް ގެނެސް އެ މީހުންނާ ހަވާލުވެގެން ތިބި ފަރާތަށް ގޮތް ނޭނގޭ އެއްޗެހި ރަށުގެ އެއްވެސް ރައްޔިތުންނަށް އެއްވެސް ގޮތަކަށް ނުދިނުމަށް އަންގާފައިވާ ވާނެ ކަމަށް ބުނެފައިވެއެވެ.
ތޮއްޑޫ ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގެސްޓުންތަކެއް ބެހި ޕެކެޓްގައި އެއީ އޫރުމަސް ހިމެނޭ އެއްޗެއްކަން ސާފުކޮށް އެނގޭނެހެން އޭގެ ބޭރުގައި ޖަހާފައިވެ އެވެ.
އެ ރަށުގެ ރައްޔިތުން އެވަރަށް ބަލާނުލާ ބޭނުން ކޮށްފައިވީނަމަވެސް މިހާރު އެކަން ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެވިފައިކަމަށާއި އެއްވެސް ރައްޔިތަކު އޭގެ ބޭނުން ނުކުރުމަށް އަންގާފައިވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދިން ބޭފުޅާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށް ރަށުގައި އެކި ގައުމު ތަކުން އަންނަ ފަތުރުވެރިން އެމީހުން ގެ ގައުމުތަކުގައި ކާން ގެންގުޅޭ ކާނާ ބޭނުން ކުރަމުން ދެއެވެ.
އޫރު މަސް ރާއްޖޭގެ ރަށެއްގައ ބަޔަކު ބަހާފައިވާއިރު ސަރުކާރު އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް ވެސް މިކަމާ ގުޅިގެން ލިބިފައެއް ނުވެއެވެ.
ދާދިފަހުން އައްޑޫ ސިޓީގެ ފޭދޫއަށް ޔޮޓަކުން އައި ފަތުރުވެރިޔަކު ވަނީ އޭނާ ގެންގުޅޭ ކުއްތާ ރަށު ތެރެއަށްގެނެސް ކުޑަކުދިންނާ އާންމު ރައްޔިތުން މޫދަށް އެރިއުޅޭ ތަނުގައި އޭތި ގެންގުޅެފައެވެ.