Last Updated: November 23, 09:08
Saturday, November 23, 2024
ޚަބަރު

މުދަލަށް "ގެއްލުން ދިން" މީހަކު ހޯދަނީ

މުދަލަށް ގެއްލުން ދިނުމާއި އިންޒާރު ދިން ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ މަރަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދަމުން އަންނަނީ މަރަދޫ، ލައިނޫފަރުގެ، އަޙްމަދު އާޒާދު، 39، ކަމަށެވެ.

އެހެންވެ އޭނާ އާޒާދު ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ، ނުވަތަ އައްޑޫ ސިޓީ ޕޮލިސްގެ ނަންބަރު 9796240 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދި ބުނީ އާޒާދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް ހިއްސާ ކުރަން އެދޭ ކަމަށެވެ.