އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތުން ސީރިޔާގައި ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގައި 40 މީހުން މަރުވެފައިވާ ކަން ސީރިޔަން ސްޓޭޓް ޓީވީ އިން ކަށަވަރުކޮށްފިއެވެ.
ހުޅަނގު އިރުމަތީ އޮންނަ ޤަމްޝިލީ ނަމަކަށް ކިޔާ އަވަށެއްގައި ހިނގި މިހާދިސާގައި ގޮއްވާލާފައިވަނީ ޓްރަކެއްގައި މީހަކު އަމިއްލަ ގައިގައި ބޮމެއް ހަރުކޮށްގެން ޖާނުންފިދާވެގެން ކަމަށް އިނގިރޭސީ މޮނީޓަރިން ގްރޫޕަކުން ޚަބަރު ފަތުރާފައިވެއެވެ.
ފުރަތަމަ ޚަބަރު ފަތުރާފައިވަނީ އެސަރަހައްދުން ދެ ބޮމެއް ގޮވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ފުރަތަމަ ގޮވުމުގެ ސަބަބުން ކައިރީގައި އޮތް ތެޔޮ ޓްރަކެއް ގޮވުމާއެކު ހިނގި ހާދިސާއެއް ކަމަށް އެތަނުގައި ހަރަކާތްތެރިވި ރިޕޯޓަރުން ވަނީ މައުލޫމާތު ދީފައެވެ.
ހަމަލާ ދީފައިވަނީ ޤުރުދިޝް ސެކިއުރިޓީގެ ހެޑްކުއާޓާސް ކައިރީ ކަމަށާއި މިހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން މިހާރު ވަނީ ނަގާފައެވެ.
އައިއެސް އިން ވަނީ މީގެ ކުރިންވެސް ޤުރުދުސް ކައިރީ ބޮމުގެ ހަމަލާތަކެއް ދީފައެވެ.
ބީބީސީ އިން ޚަބަރު ދޭގޮތުގައި އެސަރަހައްދުގައި ގޮވުމަށްފަހު ވެއްޓިފައިވާ ފާރުތަކުގެ ދަށުގައި ބައެއް މީހުން ނުނިކުމެވި އެހީއެއް ނުލިބި ހައްޔަރުވެފައިވާ ކަމަށެވެ.
މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާއިރު އެސަރަހައްދުގައި އެތައް ބަޔަކުވަނީ އަނިޔާވެ ފަރުވާ ލިބޭނެ ގޮތެއް ނެތިފައެވެ.