Last Updated: November 24, 13:17
Sunday, November 24, 2024
ސިޔާސީ

އަނިޔާވެރިކަމާ ދެކޮޅަށް އައްޑޫގައި ވެސް ދުޢާ ކުރަނީ

އެމްޑީޕީ ފޭދޫ އޮފީހުގައި މިރޭ ބޭއްވި ޖަލްސާ. ފޮޓޯ: އައްޑޫ އެކްސް ފައިލްސް

އަނިޔާވެރިކަމުން މިންޖުވާން އެދި އައްޑޫގައި ވެސް ހުކުރު ނަމާދަށްފަހު ދުޢާ ކުރުން އޮންނާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އައްޑޫ ސިޓީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މާލެ އެކޭ އެއްގޮތަށް އަައްޑޫގައި ވެސް މާދަމާ ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމުން މިންޖުވުމަށް އެދި ދުޢާ ކުރާން ކުރިއަށް ގެންދާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ހުކުރު ނަމާދަށް ފަހު ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތުގައި) އަދި ފޭދޫ ހުކުރު މިސްކިތުގައި ދުޢާ ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"އިންތިގާލީ މަގަށް ރާއްޖެ" މިނަމުގައި މޯލްޑިވްސް ޔުނައިޑެޓް އޮޕޮޒިޝަނުގެ ފަރާތުން ގިނަ ހަރަކާތްތަކެއް ފަށާފައި ވާއިރު އައްޑޫގައި ވެސް އެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

އެގޮތުން މިރޭ އެމްޑީޕީ ފޭދޫ އޮފީހުން އިންތިޒާމްކޮށްގެން ކަންމަތީ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.