އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ބަލައިގަތުމަށް ތާއިދު ނުކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މަޖްލިސް މެމްބަރު ރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާގެ ޖަލްސާއަށް އަބުރުގެ ބިލްގެ ބަހުން ތާވަލް ކޮށްފައިވަނިކޮށް މިއަދު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވަނީ ބިލް މިހާރު އޮތް ގޮތުން އެބިލަށް ތާއިދު ނުކުރައްވާކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން މިފަހަކަށް އައިސް ޕީޕީއެމްއިން ހުށަހަޅާ ބިލްތަކަށް ފަޅުގައި ދަނީ ނޫނެކޭ ބުނެމުންނެވެ. މިމައްްސަލަ އާއި ގުޅިގެން ފާރިސް ޕާޓީން ވަކިކުރަން ސުލޫކޯ ކޮމެޓީންވަނީ ނިންމާފައެވެ. ނަމަވެސް އޭނާ ޕާޓީން ވަކި ނުވާކަމަށް މައުމޫން ވަނީ ވިދަޅުވެފައެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ނޫސްވެރިންނާއި، ދީނީ އިލްމުވެރިންގެ އިތުރުން ގިނަ ރައްޔިތުން ދަނީ ދެކޮޅަށް އަޑުއުފުލަމުންނެވެ.