Last Updated: November 24, 10:30
Sunday, November 24, 2024
ވިޔަފާރި

ދިރާގުގެ ބައި މިލިއަން ކަސްޓަމަރަކަށް ލައިޝާ

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ނެޓްވާކް ދިރާގުގެ 500،000 ވަނަ ކަސްޓަމަރަށް ޕޯސްޓްޕެއިޑް މޮބައިލް ކަނެކްޝަނަކާއި، ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް އެއް އަހަރު ދުވަހަށް މުޅިން ހިލޭ ދޭން ނިންމައިފި އެވެ.

އެ ޝަރަފް ލިބުނީ ލައިޝާ ޝާހިރަށެވެ.

އޭނާ ބުނީ ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި އައިސް އަލަށް ނެގި ޕޯސްޓްޕެއިޑް ސިމްއަކުން ލިބުނު ބޮޑު ނަސީބެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަށް ފުޅާ ކުރުމުގެ ގޮތުން ކެނޑިނޭޅި އެ ކުންފުނިން މަސައްކަތް ކުރަމުންދާ އިރު، މިއީ ކަސްޓަމަރުން އެކަންކަން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

ދިރާގުން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭތާ މިއީ 27 ވަނަ އަހަރެވެ.