އެންމެ މީހަކު ސިޔާސީ ހަރަކާތް ހިންގަން ބޭނުން ނަމަވެސް އެފުރުސަތު ގާނޫނޫ އަސާސީގައިވާ ގޮތަށް ލިބެން ޖެހޭނެ ކަމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒު މިގޮތަށް ވިދާޅުވީ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތުގައި ބައިވެރިވަނީ "މަދު" ބައެއް ކަމަށާއި، އެހެންވެ އެފުރުސަތު އެފަރާތްތަކަށް ނުދޭނެ ކަމަށް ބުނެ ފުލުހުންގެ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަން ކޮމާންޑް ހަމްދޫން ރަޝީދު ވިދާޅުވި ވުމަށް ރައްދު ދެއްވަމުންނެވެ.
Emme meehaku siyaasee harakaay hinganbeynunvinamaves Qaanoon Asaaseegaivaagothah efurusathu libenjeheyne! https://t.co/E95EocvGK6
— Abdulla Riyaz MP (@riyazabdulla) August 4, 2016
ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީން އިސްވެ، އަސްލާމީ މަރުކަޒު ސަރަހައްދުގައި ކުރާ ދުޢާއަށް ފުލުހުން ހުރަސް އަޅައި އިއްޔެ އެކަމާއި ގުޅިގެން ފުލުހުން ނޫސް ކޮންފަރެެންސެއް ބާއްވާ އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއަދު ހުކުރު ނަމާދަށް ފަހު ބޭއްވި ދުޢާއަށް ފުލުހުން ހުރަސް އަޅާފައި ނުވެއެވެ.
މިދެކަމަށް ރިޔާއަތްކޮށް އަބްދުﷲ ރިޔާޒް ވަނީ ޓްވީޓްކޮށްފައެވެ. މިއަދު ހުކުރު ނަމާދަށް ފަހު ބޭއްވި ދުއާ އަށް ފުލުހުން ހުރަސް އަޅާފައި ނުވާތީ ރިޔާޒު ވިދާޅުވީ އެކި ދުވަހު އެކި ގޮތަށް އަމަލު ކުރުމުން ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށެވެ. އަދި ސިޔާސީ ކަންކަމުން ދުރުވެ ގާނޫނު ދެމެހެއްޓުން މުހިއްމު ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ފުލުހުންގެ މުވައްސަސަ ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ރިޔާޒު އަންނަނީ ފުލުހުން ކުރާ މިފަދަ ފާހަގަކުރަމުންނެވެ.