އައްޑޫ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ މިއަދު ކުޅުނު 13 އަހަރުން ދަށުގެ ފުރަތަމަ މެޗް މަރަދޫ ފޭދޫ ސްކޫލާއި ވާދަކޮށް ޝަމްސުއްދީން ސްކޫލް މޮޅުވީ 9-3 ލަނޑުންނެވެ.
މިއަދުގެ މެޗްގައި ޝަމްސުއްދީން ސްކޫލުން ޖެހި 9 ލަނޑުގެ ތެރެއިން 5 ލަނޑު ޖެހީ މުހައްމަދު ރަޔާން މުއްސަދުއެވެ. ޝަމްސުއްދީން ސްކޫލްގެ މުހައްމަދު ގުސައްޔު 2 ލަނދު ޖެހި އިރު އަލީ ރުޝްދާން އަދި ހުސެއިން ހަލީމް ވަނީ އެއް ލަނޑު ޖަހާފައެެވެ.
މަރަދޫ ފޭދޫ ސްކޫލުން ލަނޑު ޖެހީ އިބްރާހިމް އައިހަމް، ހަސަން ޒައިދާން އަދި މުހައްމަދު އަނޫފްއެވެ.
މިއަދު ކުޅުނު ދެވަނަ މެޗް ޝަރަފުއްދީން ސްކޫލުން ކާމިޔާބް ކުރީ ހުޅުދޫ ސްކޫލް 8-2 ލަނޑުން ބަލިކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޝަރަފުއްދީން ސްކޫލުންނެވެ. ޝަރަފުއްދީން ސްކޫލްގެ އިބްރާހިމް މާހިލް 6 ލަނޑު ޖެހިއިރު ދެން އެޓީމަށް ލަނޑު ޖަހައިދިނީ އަހްމަދު ޔުސްރު އާއި ހުސެއިން ނާއިންއެވެ.
ހުޅުދޫ ސްކޫލުން ލަނޑު ޖެހީ ހުސެއިން ހާޒިން އާއި ނައުޝް ހުސެއިންއެވެ.
މާދަމާ ކުޅޭނީ 15 އަހަރުން ދަށުގެ މެޗެކެވެ ބައްދަލު ކުރާނީ ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލެވެ.