ކޮލަމްބޯ އާއި މާލެ އާއި ދެމެދު 130 ޑޮލަރަށް ދަތުރު ކުރެވޭ ޕްރޮމޯޝަނެއް ގައުމީ އެއާލައިން މޯލްޑިވިއަނުން ފަށައިފި އެވެ.
މި ދަތުރުގައި މާލޭން ކޮލަމްބޯ އަށް ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
އެނބުރި މާލެ އަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރެއްގަ އެވެ.
މި ޕްރޮމޯޝަނުގައި ދެކޮޅު ޓިކެޓް 130 އެމެރިކާ ޑޮލަރަށް ވިއްކާ އިރު އެއްކޮޅު ޓިކެޓް ވިއްކާނީ 90 ޑޮލަރަށެވެ.
މޯލްޑިވިއަނުން ބުނީ އަދި ކޮލަމްބޯ އަށް ކުރާ ހާއްސަ ދަތުރުގައި ހިލޭ ޓިކެޓެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ހިލޭ ޓިކެޓް ހޯދަން ބޭނުން ނަމަ މޯލްޑިވިއަންގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ މި ހާއްސަ ދަތުރުގެ ޕޯސްޓަރަށް ލައިކް ކުރުމަށް ފަހު ކޮމެންޓްކޮށް އަދި ޝެއާ ކުރަން ޖެހެ އެވެ.
ނަސީބުވެރިޔާ ހޮވާނީ ގުރުއަތުލައިގެންނެވެ.
ހިލޭ ޓިކެޓް ލިބޭ ފަރާތެއް އިއުލާން ކުރާނީ މި މަހުގެ 25 ގަ އެވެ.