މިއަދު ހުކުރު ނަމާދަށް ފަހު އަނިޔާވެެރިކަމާ ދެކޮޅަށް ހިތަދޫގައި ދުއާކޮށްގެން ހައްޔަރު ކުރި އަހުމަދު ފަރްހާންގެ ބަންދަށް ތިން ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފި އެވެ.
އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމައި ދޭން ފުލުހުން ކޯޓަށް ގެންދިޔައީ ހަވީރު އެވެ.
ފަރުހާންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް ހެޅިކަމުގެ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓަ އެވެ.
އެމްޑީޕީގެ ހަރަކާތްތަކުން އާންމުކޮށް ފެންނަ ފަރާ ހައްޔަރުކޮށްގެން ގެންދިޔައީ ބިޑި ވެސް އަޅުވައިގެންނެވެ.