ފަހަތަކު ތަނެއް ނެތް ކަމަށާއި، ފަހަތަށް ޖެހިގެން ސަލާމަތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ފަހަތަކު ތަނެއް ނެތް ކަމަށާއި ސަލާމަތެއް އޮތީ ހުރިހާ ބޭފުޅުން ބާރަށް ކުރިއަށް ވަޑައިގެން ކަމަށެވެ.
އަދި ހުރިހާ ބޭފުޅުން މިރޭ އިއްތިހާދުން ބާއްވާ ޖަލްސާއަށް ވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެެވެ.
Fahathaku thaneh neh. Fahathah jehigen salaamatheh neh. Hurihaa beyfulhun kuriah. Baarah kuriah. Mirey jalsaa ah vadaigen dhevvun edhen.
— Mohamed Nasheed (@MohamedNasheed) August 12, 2016
ނަޝީދު ފަހަތަށް ނުޖެހުމަށް އެދިފައިވަނީ އިއްތިހާދުގެ ހަރަކާތުގައި ބައިވެރިވަނީ ވަރަށް މަދު ބައެއް ކަމަށާއި، އެހެންވެ އެ ފުރުސަތު އެފަރާތްތަކަށް ނުދޭނެކަމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށެވެ.
މިރޭ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އެމްއޯޔޫގެ ޖަލްސާއެއް މަގުން ދަތުރު ކުރާ ފަރާތްތަކަށް އުނދަގޫ ނުވާނެހެން ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ.
ރައީސް ނަޝީދު ފަހަތަށް ނުޖެހި، ބިރުފަހަނަޅާ ދިއުމަށް އެދިވަޑައިގެންފައިވާ އިރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް މިވަނީ ބިރު ފަހަނަޅާ ދިއުމަށް ގޮވާލާފައެވެ.