ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް އަންހެނުންނަށް ވުރެ ފިރިހެނުން މީހުންނާ ގުޅުން އޮންނަލެއް ބޮޑު ކަމަށާއި އެހެން މީހުންނާ ދޭތެރޭ އެ މީހުންގެ ހިތުގައި މާ ބޮޑު ނުތަނަވަސް ކަމެއް ނޯންނަ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ހަވާޑް ޔުނިވަސިޓީން ހެދި ދިރާސާއިން ދައްކާ ގޮތުގައި ދެ ޖިންސްގެ މީހުންނަށް ބަލާ އިރު، ފިރިހެނުން ދެ ޖިންސްގެ މީހުންނާ ވެސް ގުޅޭ މިންވަރު ބޮޑެވެ.
އަދި ފިރިހެނުން ގާތްކަމާއި އެކުވެރިކަން ބާއްވާ މިންވަރު އަންހެނުންނަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅެވެ.
މި ދިރާސާ ހަދައިފައި ވަނީ ތަފާތު ހަތަރު ކުޅިވަރެއްގައި އުޅޭ މީހުންގެ ހަރަކާތްތަކަށް ބެލުމަށް ފަހު އެވެ. އޭގެ ތެރޭގައި ބޮކްސިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ޓީޓީ އެވެ.
މި ކުޅިވަރުތައް ކުޅޭ މީހުންގެ ހަރަކާތްތަކަށް ބަލައިގެން ހެދި ދިރާސާ އިން ހާމަވި ގޮތުގައި މެޗަކުން މޮޅު ވިޔަސް އަދި އަދިކޮޅު ކުޅުންތެރިޔާ މޮޅު ވިޔަސް ފިރިހެނުން އެކަމާ ހިތްބަރުކޮށެއް ނަހަދަ އެވެ.
އޭގެ ބަދަލުގައި ސަލާންކޮށްލައި، ބައްދާލައި އަދި ހިތްވަރު ދިނުމުގެ ގޮތުން މަރުހަބާގެ ބަސްތައް ވެސް ފިރިހެނުން ބޭނުން ކުރެ އެވެ.
އެހެންވެ ފިރިހެނުންގެ މެދުގައި ވާދަވެެރިކަން ބޮޑު ކަމަކަށް ނަހަދާ ކަމަށާއި މީހުންނާ ދޭތެރޭ ހަސަދަވެރިވުމުގެ ސިފަތަައް ފިރިހެނުންހެ ކައިބައިގައި ކުޑަ ކަމަށް ދިރާސާ އިން ވަނީ ދައްކައިފަ އެވެ.
"އެހެން ނަމަވެސް އަންހެނުންނަށް ބަލާ އިރު އެއް ތަނެއްގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ މެދުގައި ވެސް އެބަހުރި ވަރަށް ބޮޑު ވާދަވެެރި ކަމެއް. އަދި ކަންކަމާ ދޭތެެރޭ އެކަކު އަނެކަކަށް ހަސަދަވެރިވާ މިންވަރު ބޮޑު،" ދިރާސާ ހެދުމުގައި ބައިވެރިވި ޖޯއިސް ބެނެސަން ބުންޏެވެ.
ދިރާސާ އިން އަދި ދެއްކި ގޮތުގައި ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަށް ބަލާ އިރު، އަންހެނުން ބޮޑަށް އިސްކަން ދެނީ އާއިލާ އާއި ލޯބީގެ ގުޅުންތައް ދެމެހެއްޓުމަށެވެ.
އެކަމަކު އޭގެ މާނައަކީ އެފަދަ ގުޅުންތަކަަށް ފިރިހެނުން ސަމާލުކަން ނުދިނުމެއް ނޫނެވެ.