Last Updated: April 23, 11:20
Wednesday, April 23, 2025
ކުޅިވަރު

13 އަހަރުން ދަށުގެ ފައިނަލަށް ޝަމްސުއްދީނާއި ޝަރަފުއްދީން

ޝަރަފުއްދީން ސްކޫލްގެ ޔުސްރު.

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޝަރަފުއްދީން ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލް ހޮވިއްޖެ އެވެ.

ޝަރަފުއްދީން ސްކޫލް ފައިނަލަށް ދަތުރުކޮށްފައި ވަނީ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފޭދޫ ސްކޫލް 8-0 ލަނޑުން ބަލިކޮށްގެންނެވެ.

މެޗްގައި ޝަރަފުއްދީން ސްކޫލްގެ ނާއިން ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އޭގެ އިތުރުން އެޓީމްގެ އިބްރާހިމް ނާހިލް ދެ ލަނޑު ޖެހި އިރު އަހްމަދު ޔުސްރު، މުހައްމަދު އައިހަމް އަދި ހަސަން ޖައިޝަމް ވަނީ އެއް ގޯލް ޖަހައިފަ އެވެ.

ޝަމްސުއްދީން ސްކޫލް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މަރަދޫ ސްކޫލާއި ވާދަކޮށް 4-2 ލަނޑުން މޮޅުވެގެންނެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ 15 އަހަރުން ދަށުގެ ފައިނަލް މެޗެވެ. ބައްދަލު ކުރާނީ ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.