މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޭދޫ ކުދިމާ ޕްރީ ސްކޫލުގެ ބެލެނިވެރިންނަށް ޓްރެފިކް އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ގަން ޕޮލިސް ސްޓޭޝަނުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުދިމާ ޕްރީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހިމެނޭ މުހިންމު ބައިތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހެދިފައި ހުރި ޤަވާޢިދުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން މިހާރުގެ މަގުމަތީގެ ހާލަތާއި އެކްސިޑެންޓުތަކުން ދުރުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނާއި މަގުމަތީގެ ސަލާމާތާއި ރައްކާތެރި ކަމާއި ގުޅެގޮތުން ވަނީ މަޢުލޫމާތު ދީފަ އެވެ.
މި ޕްރޮގުރާމްގައި ބައިވެރިންނަށް މައުލޫމާތު ދީފައި ވަނީ ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނެވެ.
އައްޑޫގެ ސްކޫލްތަކުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހާއްސަކޮށްގެން ފުލުުުހުން އަންނަނީ ދޭތެރެ ދޭތެރެ އިން މިފަދަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.