Last Updated: November 27, 11:01
Wednesday, November 27, 2024
ޚަބަރު

އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ މާލެ ފޮނުވާލަނީ

މަރަދޫގައި ރޭ ހިނގި އެކްސިޑެންޓު؛ ފޮޓޯ - ކިޔުންތެރިޔެއް

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު، ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުން ގެންދަނީ އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ، ދ.ކުޑަހުވަދޫ، ނާޒް އަބްދުލް ރަހްމާން ނައުޝާދު، 19 އެވެ.

ނައުޝާދު އަށް މިވަގުތު ފަރުވާދެމުން ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

"އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވޭތޯ މަސައްކަތް ކުރަމުން މިދަނީ. މެންދުރު ފޮނުވާލެވޭނެ ކަމަށް ލަފާކުރެވޭ." އޮފިޝަލް ބުންޏެވެ.