އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތުން އިރާޤުގެ 2000 އެއްހާ އަންހެނުން އަޅުވެތިކޮށްގެން ގެންގުޅޭ ކަމަށް އ.ދ އިން ރިޕޯޓުކޮށްފި އެވެ.
އިރާޤުގެ ސިންޖާރު ސްޓޭޓަށް 2014 ވަނަ އަހަރު ވަދެ އެތަނުގައި އެމީހުން ޖަމާއަތް ގާއިމުކުރުމުގެ ކުރިން 300،000 އެއްހާ ރައްޔިތުން ދިޔައީ އެތަނުގައި ދިރިއުޅެމުންނެވެ.
އައިއެސް އިން އެތަނަށް ވަދެ އެތަން އެމީހުންގެ ބާރުގެ ދަށަށް ގެނައިފަހުން ދެ ލައްކަ އެއްހާ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.
އ.ދ އިން ލަފާކުރާގޮތުގައި އައިއެސް އާއި އެމެރިކާގެ ވައިގެ ހަމަލާތަކުގައި އެސްޓޭޓުގެ 2500 އާއި 5500 ދެމެދުގެ މީހުންވަނީ މަރުވެފައެވެ. ސަލާމަތްވި މީހުންގެ ތެރެއިން 6،300 މީހަކު އައިއެސް އިން ވަނީ ރަހީނުކޮށްފައެވެ. އޭގެތެރޭގައި 3،537 އަންހެނުންނާއި 2،859 ފިރިހެނުން ހިމެނެއެވެ.
ރަހީނު ކުރެވުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިހާރު ފިލާފައެވެ. ނަމަވެސް އަދިވެސް އައިއެސްގެ އަތްދަށުގައި 3،800 މީހަކު ހައްޔަރުވެފައިވާ ކަމަށް އ.ދ އިން ލަފާކުރެއެވެ. އޭގެތެރެއިން 1،935 މީހުންނަކީ އަންހެނުންނެވެ.
އެސަރަހައްދުގައި އުޅޭ ދީނީ ގްރޫޕަކުން މައުލޫމާތު ދީފައިވާގޮތުގައި ރަހީނުކުރެވިފައިވާ މީހުން ވަނީ އިންސާނީ ހައްގުތަކުން މަހުރޫމް ވެފައެވެ.