Last Updated: November 25, 21:09
Monday, November 25, 2024
މުނިފޫހިފިލުވުން

ޝާހްރުކް ޑްވާފެެއްގެ ރޯލަށް

"ތަނޫ ވެޑްސް މަނޫ" ފަދަ ކާމިޔާބު ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ކުރިއަށް އޮތް ފިލްމުގައި ޝާހްރުކް ހާން ޑްފާވެއްގެ ރޯލް ކުޅެން ނިންމައިފި އެވެ.

އެ ފިލްމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް، ޝާހްރުކް ވަނި ޓްވިޓާ މެދުވެރިކޮށް، އާނަންދްގެ ފިލްމުގައި އޭނާ ޑްވާފެއްގެ ރޯލް ކުޅޭކަން ކަށަވަރު ވެސްކޮށް ދީފަ އެވެ.

މީގެ އިތުރުން ފިލްމް ރިލީޒް ކުރާ ތާރީހު ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އަދި ވަކި ނަމެއް އިއުލާން ނުކުރާ ފިލްމް ސިނަމާތަަަަކަށް އަންނާނީ ޑިސެމްބަރު 21، 2018 ގަ އެވެ.

"ފިލްމުގެ ޓައިޓްލް ވެސް މިހާރު ވަނީ ޑިސައިޑްކޮށްފައި. ޓައިޓްލް ވެސް ވަަރަށް ލޯބި. ވަރަށް އަވަހަށް އިއުލާން ކުރާނަން،" ޝާހްރުކް ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ކޯ ޕްރޮޑިއުސް ކުރާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

މި ފިލްމުން ދެ ބަތަލާއިން ފެނިގެންދާ އިރު، އަދި ބަތަލާއިންގެ ނަންތައް ވެސް އިއުލާނެއް ނުކުރެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާ ކެއިފް ވަނީ ފިލްމަށް ސޮއިކޮށްފަ އެވެ.

ޝާހްރުކް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "ފޭން" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ ހާއްސަ ރޯލަކުން ފެނިގެންދާ ކަރަން ޖޯހަރްގެ "އޭ ދިލް ހޭ މުޝްކިލް" އިންނެވެ.

މީގެ އިތުރުން "ޑިއާ ޒިންދަގީ" އާއި "ރައީސް" އަކީ ކުރިއަށް ތާވަލް ކުރެވިފައި ހުރި ފިލްމުތަކެވެ.

ޝާހްރުކް މިހާރު މަސައްކަތް ކުރަމުން އަންނަނީ އިމްތިއާޒް އަލީގެ "ރިންގް" ގަ އެވެ. އެ ފިލްމްގެ ޝޫޓިން ކުރިއަށް ދަނީ ޕްރާގްގަ އެވެ.