Last Updated: April 21, 09:35
Monday, April 21, 2025
މުނިފޫހިފިލުވުން

"މޯލްޑިވިއަން އަައިޑޮލް 2" އަށް ފުރުސަތު ހުޅުވާލައިފި

"މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ރަސްމީ ޓްރެއިލަ ލޯންޗްކޮށް، ޝޯގައި ބައިވެރިވުމުގެ ފުރުސަތު ޕީއެސްއެމުން ހުޅުވާލައިފި އެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ސީޒަން ދޭއްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ރޭ ހުޅުވާލާފައިވާ އިރު، 16 އަހަރާއި، 30 އަހަރާއި ދެމެދުގެ ކޮންމެ ފަރާތަކަށް ވެސް ޝޯގައި ބައިވެރިވެވޭނެ އެވެ.

އެގޮތުން ޝޯގައި ބައިވެރިވުމަށް އެސްއެމްއެސް ކުރައްވާނީ MI ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކޮށްފައި، ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެހުމަށް ފަހު 300 އަށެވެ.

އެސްއެމްއެސް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެެވެ.

ujh

"މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ޓައިޓަލް ސްޕޮންސަރަކީ މި ފަހަރު ވެސް ދިރާގެވެ.

މެއިން ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، އެސްޓީއޯ އަދި ލޮޓަސް ފިހާރަ ހަމަޖައްސާފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.

ސީޒަން ދޭއްގެ އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތަކާއި، ތާރީހުތައް ފަހުން އިޢުލާން ކުރާނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ އެއް ވަނަ ލައިޝާ ޖުނައިދު ހޯދި އިރު، މުބާރާތަށް ބައިވެރިން ހޮވީ ހަތަރު ސަރަހައްދެއްގައި އޮޑިޝަން ބާއްވައިގެންނެވެ.