Last Updated: November 23, 17:46
Saturday, November 23, 2024
ރިޕޯޓް

"މަ ވަޒީފާ އަށް ދަނީ އަމިއްލަ ފްލައިޓްގައި"

ކޮންމެ ދުވަހަކު ހެނދުނު ކާރުގައި ބާރަ ނުވަތަ ސާދަ މިނިޓް ދުއްވައިގެން ވަޒީފާ އަދާ ކުރާ ފެކްޓްރީ އަށް ދާން ޖެހޭތީ، އެކަން ބުރަވެގެން ޗެކް ރިޕަބްލިކްގެ މީހަކު އަމިއްލަ އަށް ފްލައިޓެއް ތައްޔާރުކޮށް އޭގައި މިހާރު ވަޒީފާ އަށް ދާން ފަށައިފި އެވެ.

ޗެކްރިޕަބްލިކްގެ ޑިކޯވް ޝަހަރަށް ނިސްބަތްވާ ފްރަންޓިސެކް ހަޑްރަވާ، 45، ބުނީ ކޮންމެ ދުވަހަކު ހެނދުނު 6:00 ގައި ފެކްޓްރީ އަށް ދާން ކާރުގައި ނިކުންނަ ގޮތަށް 14 ވަރަކަށް މިނިޓް ދުއްވުމަކީ އޭނާ އަށް އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އަދި އެ ގޮތަށް ދަތުރު ކުރަން ޖެހޭތީ ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ބުންޏެވެ.

ghhhg

އެހެންވެ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި މަސައްކަތުން ހަރްޑަވާ ވަނީ ލަކުނޑިން ފްލައިޓެެއް ތައްޔާރުކޮށް، އޭގައި ވަޒީފާ އަށް ދާން ކުރަން ޖެހޭ ދަތުރު ކުރަން ފަށައިފަ އެވެ.

މީގެ ސަބަބުން އާންމުކޮށް ފެކްޓްރީ އާ ހަމައަށް ދާން މިހާރު ނަގަނީ އެންމެ 4-5 މިނެޓެެވެ.

"ސީދާ ގެއިން ނައްޓާލާ ގޮތަށް ފެކްޓްރީ އަށް ދާ ނަމަ އެ ހިސާބަށް ފޯރަން ނަގަނީ ގިނަވެގެން ފަސް ވަރަކަށް މިނިޓް. އެހެން ނަމަވެސް އާންމުންނަށް ދަތި ނުވާނެހެން ދަތުރު ކުރަން ބޭނުންވާތީ ރޫޓަަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތަކަކާ އެކު މިހާރު އާންމުކޮށް ފެކްޓްރީ އަށް ދެވޭ ފްލައިޓްގައި ހަތް މިނިޓް ތެރޭގައި،" ހަރްޑަވާ ބުންޏެވެ.

އޭނާ ތައްޔާރު ކުރި މިނީ ބޯޓް ލޭންޑް ފެކްޓްރީ ކައިރީ ތާރު މަގަށް ލޭންޑް ކުރުމަށް ފަހު، ޕާކްކޮށްފައި ބާއްވަނީ ފެކްޓްރީގެ ބޭރުގަ އެވެ. އެކަމަށް ގާތްގަނޑަކަށް ހަތަރު ކާރުގެ ޕާކިން އަށް ބޭނުންވާ ވަރުގެ ޖާގައެއް ނަގަ އެވެ.

FJHG

އެހެން ނަމަވެސް ފެކްޓްރީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ފަރާތުން ޝަކުވާއެއް ނާންނަ ކަމަށް ހަރްޑަވާ ބުންޏެވެ.

މަސައްކަތް ކުރާ ތަަނަށް އަވަހަށް ދިއުމުގެ މަގުސަދުގައި އުފެއްދި ފްލައިޓް ތައްޔާރު ކުރަން ހަރަދުވީ 4،150 ޑޮލަރެވެ.

ސަތޭހަ ހަތްދިފަ ފަހެއް ކިލޯގެ ޕްރޮޕެލާއެއް އެކުލެވޭ ފްލައިޓްގައި ހުންނަނީ ތިން ސިލިންޑަރުގެ އިންޖީނެކެވެ. މީގެ ދުވެއްޔަކީ ގަޑިއަކު 91 ކިލޯ މީޓަރެވެ. ކިލޯ މީޓަރަކަށް އުދުހެން ހަ ލީޓަރުގެ ޕެޓްރޯލް ބޭނުންވެ އެވެ.