Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ފުވައްމުލަކު މީހަކު ހިތަދޫ ފުލުހުން ހޯދަނީ

ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތު މައްސަލައަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލާގައި ހޯދަނީ ޏ. ފުވައްމުލަކު/މިސްކިތްމަގު، އާގަރާގެ ޢަބްދުﷲ ރަމީޒް، 33، އެވެ.

ފުލުހުން ބުނީ ރަމީޒް ހޯދަނީ އައްޑޫގެ ރެސްޓޯރަންޓަކަށް 150 މީހުންގެ ކެއުމަށް އޯޑަރު ދިނުމަށް ފަހު ފަހުން ފައިސާ ދޭނެ ކަމަށް ބުނެ ފައިސާ ދީފައި ނުވާތީ ކަމަށެވެ.

މީގެ އިތުރުން ތަފާތު އެކި ދުވަސް މަތިން ހަމަ އެ ރެސްޓޯރަންޓުން ކެއުމަށް ފަހު ބިލްތަކަށް ފައިސާ ނުދައްކައި ފިލައިގެން އުޅޭ މައްސަލައިގެ ތަހުގީގަށް އޭނާ ހޯދަން ބޭނުންވާ ކަމަށް ފުލުުން ބުންޏެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެކަން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ނުވަތަ އައްޑޫ ސިޓީ އިންވެސްޓިގޭޝަން ޑިއުޓީ ނަމްބަރު 9796240 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދިފައިވެ އެވެ.