Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ހުޅުމާލޭގައި އީދަށް ސަދަގާތް ފަައުންޑޭޝަނުން ޝޯއެއް ބާއްވަނީ

ރާއްޖޭގައި ބޭއްވުނު މިއުސިކް ޝޯ އެއްގައި ބޭރުގެ ފަންނާނުން ޕާފޯމް ކުރަނީ: ފޮޓޯ- ވަގުތު

ކުރިއަށް އޮތް އަޟުހާ އީދު ފާހަގަ ކުރުމުގެ ގޮތުން ސަދަގާތް ފައުންޑޭޝަނުން ހުޅުމާލޭގައި "އީދު ފޯރި"ގެ ނަމުގައި ކުޑަކުދިންގެ ހަވީރަކާއި މިއުސިކް ޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެފައުންޑޭޝަނާއި ހަވާލާދީ އޮންލައިން ނޫސް 'އަވަސް' އިން ރިޕޯޓުކޮށްފައިވާ ގޮތުން މިއީ މިފަހަރުގެ އީދު ފާހަގަ ކުރުމަށް އެކިއެކި ސަބަބުތަކާހެދި ރަށުން ބޭރަށް ނުދެވިތިބި ރައްޔިތުންނަށް އަމާޒުކޮށް ބާއްވާ އިވެންޓުތަކެކެވެ.

މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަޟްހާ އީދު ދުވަސް، މިމަހުގެ 12 ވަނަ ދުވަހުގައެވެ. ހުޅުމާލޭގައި ހަދާފައިވާ ސެންޓްރަލް ޕާކުގައި އެދުވަހު ހަވީރު ކުޑަކުދިންނަށް އަމާޒުކޮށް ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއުސިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭގަ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ފިރިހެނުންނާއި އަންހެނުން ގައިގޯޅިވެ ހައްދެއް ނެތް ގޮތުގައި އުފާ ފާޅުކުރުމުގެ ނަމުގައި އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންތަކަށް އަރައިގަތުމުން ދުރުހެލިވުމަށް ދީނީ އިލްމުވެރިން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.