ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަން އާއި އާމުރް ހާން ފުރަތަމަ ފަހަަރަށް އެއް ފިލްމަކަށް ސޮއިކޮށްފި އެވެ.
އެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓް ކުރާ "ތަގްސް އޮފް ހިންދުންސްތާން" އެވެ.
މި ފިލްމަކީ އާމިރް ޑަބަލް ރޯލަކުން ފެނިގެން ދިޔަ 2013 ގެ ފިލްމް "ދޫމް 3" އަށް ފަހު ވިކްޓާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް ވެސް މެ އެވެ.
ފިލްމަށް އަމީތާބް ސޮއިކުރިކަން ކަށަވަރުކޮށް ދީފައި ވަނިކޮށް، އާމިރް ވަނީ ޓްވިޓާ މެދުވެރިކޮށް އަމީތާބާ އެކު މަސައްކަތްކޮށްލަން ފުރުސަތެއް ލިބުމުން ވެފައި ހުރި އުފާ ފޭނުންނާ ހިއްސާކޮށްފަ އެވެ.
— Aamir Khan (@aamir_khan) September 7, 2016
"ތަގްސް އޮފް ހިންދުސްތާން" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމުގެ ބަތަލާއަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.
އެކަމަކު ފިލްމުގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށާއި 2018 ގެ ދިވާލީގައި ރިލީޒް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
އާމިރް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިސެމްބަރު 32 ގައި ރިލީޒް ކުރާ "ޑަންގަލް" އިންނެވެ. އަމީތާބްގެ ކުރިއަށް އޮތީ "ޕިންކް" އެވެ.