Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

މޯލްޑިވްސް އިންޑެޕެންޑެންޓުގެ އޮފީހަށް ފުލުހުން ވެދެއްޖެ

ފުލުހުން ހ.ހުޅުގަލި ފާސްކުރުމުގައި ހަރަކާތްތެރިވަނީ: ފޮޓޯ - ސޯޝަލް މީޑިޔާ

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑެޕެންޑެންޓުގެ އޮފީސް ހުންނަ އިމާރާތަށް ފުލުހުން ވަދެއްޖެއެވެ.

ނޫހުގެ އެޑިޓަރު، ޒަހީނާ ރަޝީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން ވަނީ މޯލްޑިވްސް އިންޑެޕެންޑެންޓު ހިންގާ އިމާރާތުގެ ތެރެއަށް މިހާރު ވަދެފައެވެ.

ޒަހީނާ ވަނީ އަލްޖަޒީރާ އިން ނެރުނު ސަރުކާރުގެ ކޮރަޕްޝަން ހާމަކޮށްފައިވާ ޑޮކިއުމެންޓަރީ، "ސްޓީލިން ޕެރެޑައިސް" އަށް މޯލްޑިވްސް އިންޑެޕެންޑެންޓުގެ އެޑިޓަރުގެ ހައިސިއްޔަތުން އިންޓަވިއު ދީފައެވެ.

ފުލުހުން އެއިމާރާތް ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް މީހުންގެ އެހީތެރިކަން ހޯދާ ދައުލަތުގެ މުއައްސަސާތަކުގައްޔާއި އާންމު ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ، މާލެ ތެރޭގެ އާއްމު މަސްލަހަތު ނަގާލައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާކަމުގެ ތުހުމަތުގައެވެ.

އިމާރާތް ފާސްކުރުމަށް ފުހުލުހުން ހިއްސާކުރި ކޯޓު އަމުރު: ފޮޓޯ - ސޯޝަލް މީޑިޔާ
އިމާރާތް ފާސްކުރުމަށް ފުހުލުހުން ހިއްސާކުރި ކޯޓު އަމުރު: ފޮޓޯ – ސޯޝަލް މީޑިޔާ

ފުލުހުން ވަނީ މިހާރު މޯލްޑިވްސް އިންޑެޕެންޑެންޓު ހިންގާ ފަންގިފިލާ ދޫކޮށް އެހެން ތަންތަން ފާސްކުރަން ފަށާފައެވެ. އެފަންގިފިލާއިން ފުލުހުންނަށް ބޭނުންތެރި އެއްވެސް މައުލޫމާތެއް ހޯދިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.