Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ހިތަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާލާ އިގްބާލް

ނިމިގެން ދިޔަ 2015 ވަނަ އަހަރުގެ ހިތަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު އާލާ އިގްބާލް ހޮވިއްޖެއެވެ.

ރޭ އެސްކޫލްގައި ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އާލާ އާއި އިނާމް ހަވާލުކޮށްދެއްވީ މެޑިކާ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރ އެންޑް ސީނިއާ ކޮންސަލްޓެންޓް އޮފް އިންޓާނަލް މެޑިސިން ޑރ. އިބްރާހިމް ޔާސިރުއެވެ.
dsc_0922

އާލާއަށް ބެސްޓް އޯލް ރައުންޑް ލިބުނީ ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނާގައި ހިމެނުނު ޒައްމާ ހުސެއިން ނަސީރު އާއި ރާއްޖޭގެ ގަދަ 10 އެއްގެ ދެވަނާގައި ހިމެނުނު ޝަމްހާން އަހްމަދު ޒެނިތު އާއި އެކު ސްކޫލްގެ ގަދަ ތިނެއްގައި ހިމެނިގެންނެވެ.
dsc_0933

އާލާ އަކީ ސްކޫލްގެ ކެޕްޓަންގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ރަން ވަނަ ތައް ހޯދާފައިވާ ދަރިވަރެކެވެ.

މިރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ހިތަދޫ ސްކޫލްގެ 10 ދަރިވަރުންނަށް ވަނީ އިނާމް ލިބިގެން ގޮސްފައެވެ. މީގެ އިތުރުން ސްކޫލްގެ އެންމެ މޮޅު 8 ދަރިވަރުންނަށާއި، އެކި މާއްދާތަކުން ވަނަ ހޯދި 10 ދަރިވަރުންނާއި ޑިސްޓިންކްޝަން ހޯދި 10 ދަރިވަރުންނާއި ޖެނެރަލް ޕްރޮފެޝަންސީ އަދި އޮނަރ ލިސްޓަށް ހޮވުނު ދަރިވަރުންނަށް ވަނީ އިނާމް ދީފައެވެ.
dsc_0891

ރާއްޖޭގެ ގަދަ 10އެއްގައި ހިމެނުނު ހިތަދޫ ސްކޫލްގެ ދަރިވަރުން:

1- ޒައްމާ ހުސެއިން ނަސީރު
2- ޝަމްހާން އަހްމަދު ޒެނިތް
3- އާއިޝަތު އާލާ އިގްބާލް
4- މުހައްމަދު މުޒައްމިލް
5- ޒައިނުއްދީން ފާރޫޤް
6- ސަނާ އަހްމަދު
7- އައިޝަތު އިސްނާ ރަޝީދު
8- މުހައްމަދު ނައްވާފު
9- އައިޝަތު މާނާ އަހްމަދު
10- މުހައްމަދު ނާބިތު ނަޝީދު

މި ރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ ކުދިން ކިޔެވުމަށް ސިއްހަތު ވަރަށް މުހިއްމު ކަމަށާއި، ހާއްސަކޮށް ސްކޫލަށް އަންނަ އިރު ރަނގަޅު ހެނދުނުގެ ނާސްތާއެއް ދަރިވަރުންނަށް ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންގެ ނަފްސާނީ ކަންކަމަށްވެސް ބެލެނިވެރިން އަހަމިއްޔަތު ކަން ދިނުމަށް ޑރ. އާސިޔަތު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ޑރ. ޔާސިރު ވަނީ ސިއްހީ ދުޅަހެޔޮކަމުގެ މައުލޫމާތު ބެލެނިވެރިންނާއި ކުދިންނަށް ވިދާޅުވެ ދެއްވާފައެވެ.