Last Updated: September 22, 05:54
Sunday, September 22, 2024
ވިޔަފާރި

މަލްޓިން ފެލިވަރު މަސް އަގު ހެޔޮކޮށް

އާއްމު ރައްޔިތުންގެ ޒަރޫރީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ފެލިވަރުގައި އުފައްދާ ތެޔޮ މަސް ހިތަދޫ މަލްޓި ސުޕަރމާޓް (މަލްޓި) އިން އަގު ތިރިކޮށް މާލޭގައި ހުންނަ މިފްކޯ މަސްފިހާރަ އާއި އެއް އަގެެއްގައި ރީޓެއިލް ކުރަން ފަށައިފި އެވެ.

މަލްޓި ގެ ފަރާތުން މަޢުލޫމާތު ދެއްވަމުން އެތަނުގެ މާކެޓިން އޮފިސަރ ޖަފުނާ ޢަލީ ހާމަ ކުރެއްވިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހެޔޮ އަގުގައި ގިނަ ބާވަތްތަކުގެ ކާބޯ ތަކެއްޗާއި ފެންވަރު ރަނގަޅު އެހެނިހެން މުދާ ރައްޔިތުންނާއި ހަމައަށް ހެޔޮއަގުގައި ފޯރުކޮށް ދިނުން ކަމަށެވެ.

މިގޮތުން ފެލިވަރު މަސްދަޅެއް އެފިހާރައިން މިހާރު 16.50ރ ރީޓެއިލްކޮށް ވިއްކަމުންދާ ކަމަށެވެ. މި އަގަކީ މާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަ އާއި އެއް އަގެއް ކަމުގައި ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން ވެސް ކުކިންގ އޮއިލް 18ލ ތެޔޮ ހަމެއް އެފިހާރައިން މިހާރު ވިއްކަނީ 295ރ. އަށެވެ. އަދި މައިލޯ 400ގ ޕައުޑަ ޕެކެޓެއް ވިއްކަނީ 52ރ. އަށެވެ.