މާދަމާގެ އީދު ނަމާދު މި ފަހަރު ވެސް ފޭދޫ ހިއްކި ބިމުގައި ބޮޑު ޖަމާއަތަކާ އެކު ކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން ބުނީ ފޭދޫ އީދު ނަމާދު ކުރުން އޮންނާނީ ފޭދޫ ސްކޫލާ ދިމާލުން ދެކުނު ފަރާތު ހިއްކި ބިމުގައި ކަމަށެވެ.
މީގެ އިތުރުން ފޭދޫ މަސްޖިދުލް ފަލާހްގައި ވެސް އީދު ނަމާދު ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އެހެން ނަމަވެސް މިސްކިތުގައި އީދު ނަމާދު ކުރާނީ މޫސުން ތަން ނުދޭ ނަމަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އީދު ނަމާދާ ފަށާނީ 7:30 ގަ އެވެ.
މިދިޔަ ފިތުރު އީދު ނަމާދު ވެސް ފޭދޫގައި ކުރީ ހިއްކި ބިމުގަ އެވެ. އެކަމަކު އެ ފަހަރު ނަމާދު އޮތީ ފޭދޫ ކޮޅުން މަރަދޫފޭދު އާ ދިމާލުން ހިއްކާފައިވާ ބިމުގަ އެވެ.