އާގަލާ މާޓްއިން ނިމިގެން ދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އިއްޔެ ހަވީރު އާގަލާ މާޓްގައި ބޭއްވި ގުރުއަތުލުމުގެ ހަރަކާތުގައި ނަސީބުވެރިފަރާތް ހިމެނޭ ކޫޕަން ދިމާވީ ހިތަދޫ ޗޮކްލެޓްގެ، އައިޝަތު ޒާ އަލީ ނާއިލްއަށެވެ.
ރޯދަމަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އާގަލާއިން ހުށަހަޅާފައިވަނީ ބެޓެރީ ސައިކަލްއެކެވެ. ގުރުއަތަށްފަހު ނަސީބުވެރިއަކަށް ހޮވުނު އައިޝަތު ޒާ އަލީ ނާއިލް އާއި ސައިކަލް ވަނީ ހަވާލުކޮށްފަ އެވެ.
އާގަލާއިން ބުނީ ކުރިމަގުގައިވެސް މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން އަގު ހުރި އިނާމްތަކާ އެކު ވަރަށް އަވަހަށް އިތުރު ޕްރޮމޯޝަނެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާގަލާއިން ބުންޏެވެ.