Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ފިހުނު ޖިހާދުގެ ހާލު މިހާރު ރަނގަޅު: އެޗްއާރްއެޗް

މާލި ހެދެން އުޅެނިކޮށް އިއްޔެ ހަވީރު މީދޫގައި ފިހުނު ކުއްޖާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްްއެޗް) އިން ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

މީދޫ ޗަމަން، ހަސަން ޖިހާދު، 15، ގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ފިހިގެން އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމީދޫ ސިއްހީ މަރުކަޒުންނެވެ.

އެހެން ނަމަވެސް ފަހުން ވަނި އިމަޖެންސީގައި އެޗްއާރްއެޗަށް ފޮނުވާލައިފަ އެވެ.

އެތަނުގެ އޮފިޝަަލަކު ޖިހާދު ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި މިއަދު ވިދާޅުވީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ފިހުނު ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

"އަދިވެސް ވޯޑްގައި އޮޮތީ. ހާލު މިހާރު ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖިހާދު މާލެ ގެންދަން އާއިލާ އިން އަންނަނީ މަަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް އީދު ބަންދަށްވުމާ އެކު ބާރު ބޮޑުވެގެެން ފްލައިޓުން ޖާގައެއް ލިބޭނެ ގޮތެއް އަދި ނުވެ އެވެ.