ސަލްމާން ހާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅުނު ކާމިޔާބު ފިލްމް "އެކް ތަ ޓައިގާ" ގެ ދެވަނަ ބައެއް ހަދަން ނިންމައި އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ނިންމައިފި އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހހަރުގެ ކްރިސްމަސްގަ އެވެ.
ކަބީރު ހާން 2012 ގައި ޑައިރެކްޓް ކުރި "އެކް ތަ ޓައިގާ" ގެ ދެވަނަ "ޓައިގާ ޒިންދާ ހޭ" ވެގެން ދާނީ އެ ފިލްމަށް ފަހު ސަލްމާނާއި ކެޓްރީނާގެ ޖޯޑު އަލުން ސްކްރީނަށް އަންނަ ފިލްމަށެވެ.
އަދި ކުރީ ފިލްމާ ހިލާފަށް ސީކްއެލް ޑައިރެކްޓް ކުރަނީ އަލީ އައްބާސް ޒަފަރު އެވެ. އޭނާއަކީ ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމް ކަމަށްވާ "ސުލްތާން" ގެ ޑައިރެކްޓަރެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސް ކުރާ"ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން އަންނަ މާޗް މަހު ފަށަން ވަނީ ނިންމައިފަ އެވެ.
ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަނީ "އެކް ތަ ޓައިގާ" އާއި "ބަޖިރަންހީ ބައިޖާން" ޑައިރެކްޓް ކުރި ކަބީރުގެ "ޓިއުބްލައިޓް" ގަ އެވެ.
ސަލްމާނާއި ކެޓްރީނާ އެކުގައި އަލުން ސްކްރީނަށް އަންނަ އިރު، ކެޓްރީނާގެ އެންމެ ފަހުން ރިލީޒްވި ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
އެއީ މި މަހުގެ 9 ގައި ރިލީޒް ކުރި "ބާރް ބާރް ދޭކޯ" އާއި ފެބްރުއަރީ މަހު ރިލީޒް ކުރި "ފިތޫރް" އެވެ.
އެހެންވެ ގިނަ ބަޔަކު މިހާރު ބުނަމުން އަންނަނީ މިއީ ކެޓްރީނާގެ ފިލްމީ ކެރިއަރު ކޮޅަށް ޖަހަން އަނެއްކާ ވެސް އޭނާ އަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެެވެ.