Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

މަގުތަކުގައި އެޅި ސްޕީޑް ބްރޭކަރުތައް ނަގައިފި

އައްޑޫގެ ތާރު މަގުތަކުގައި ދާދި ފަހުން އެޅި ސްޕީޑްބްރޭކަރުތަކަށް ބަޔަކު ގެއްލުން ދެމުންދާތީ އެ ތަކެތި ހައުސިން މިނިސްޓްރީގެ އެންގުމަކަށް މޯލްޑިވްސް ރޯޑް ޑިވެލޮމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ނަގައިފި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތާރު މަގުތަކުގައި އެ ކުންފުނިން ސްޕީޑް ބްރޭކަރު އެޅި މިދިޔަ އަހަރު ފަހުކޮޅާއި މި އަހަރުގެ ކުރީކޮޅު އެވެ.

އެހެން ނަމަވެސް ސްޕީޑްބްރޭކަރުގެ ބައިތައް ގެއްލި، ކައިރީގައި ޖަހާފައި ހުރި ސްޓޭންޑްތަކަށް ވެސް ބަޔަކު ގެއްލުން ދީފައިވެ އެވެ.

ބްރޭކަރުގެ ބައިތައް ގެއްލުން ފެށިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެން ފެށީ އައްޑޫގައި އެމްޕީއެލުން ބަހުގެ ހިދުމަތް ދޭން ފެށި ފަހުންނެވެ.

ghk

އޭރު ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި ބްރޭކަރުތައް ބައިތައް ނައްޓާލީ ބަސްތައް ބާރު ސްޕިޑްގައި ދުއްވާށެވެ.

އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ މަގުތަކުގައި އެޅި ބްރޭކަރުތައް ނެގީ އެތަކެއްޗަށް ގެއްލުން ދެމުން ދާތީ ހައުސިން މިނިސްޓްރީގެ އެންގުމަށެވެ.

އަދި މިނިސްޓްރީން އެންގުމުން އަލުން ބްރޭކަރުތައް އަޅަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބްރޭކަރު އެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެތަކެތި ނަގަން ޖެހުމުން ބައެއް ފަރާތްތަކުން މިހާރު ދނީ ސަރުކާރަށް ފާޑު ވެސް ކިޔަމުންނެވެ.

ބައެއް މީހުން ބުނީ ބްރޭކަރުތަކުގެ ބައިތައް ބަޔަކު ނަގާފައި ވަނީ ފަަސޭހައިން ނެއްޓޭ ގޮތަށް އެތަކެތި އަޅާފައި ހުރުމުން ކަމަށެވެ.

ykj-2

އެހެންވެ އަލުން އެ ތަކެތި ނަގާފައި އަޅަން ޖެހުމަކީ އިތުރު ހަރަދެއް ކަމަށް ވެސް ގިނަ މީހުން ދަނީ ބުނަމުންނެވެ.

"ސަރުކާރުން ކުރާ މިކަހަލަ ކޮންމެ ކަމެއްް އެބަ ޖެހޭ ދެ ފަހަރަށް ކުރަން. މިއީ ހަމަ ބޭކާރުވާ ފައިސާ." ފޭދޫ މީހަކު ބުންޏެވެ.