އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރާ ދަތުރުގައި ބޭނުން ކުރަން ވަރަށް އަވަހަށް އޭސީ ފެރީއެއް ތައާރަފު ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އޭސީކޮށްފައިވާ، ފެންވަރު ރަނގަޅު ފެރީއެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށެވެ.
އެމްޕީއެލުން ބުނީ އަދި ފުވައްމުލަކުގެ ދަނޑުވެރިންގެ އުފެއްދުންތައް އައްޑު އަށް ގެންދިޔުމަށް މުދާ އުފުލާ ފެރީއެއްގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އައްޑު އާއި ފުވައްމުލަކާ ދެމެދު ހަފުތާ އަކު ތިން ދަތުރު މިހާރު ބާއްވަނީ ލޯންޗެއް ބޭނުންކޮށްގެންނެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ފަތުރުގެ ނިޒާމުގެ ފެންވަރު ރަނގަޅު ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ހިނގާނެ ޚަރަދުތައް ހަމަޖެއްސެވުމުގެ ޕްލޭންތައް ނިންމައި އެކަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.