Last Updated: November 24, 17:50
Sunday, November 24, 2024
ވިޔަފާރި

ކޮކޫން މޯލްޑިވްސް އަށް އައްޑޫން ކުދިން ނަގަނީ

ކޮކޫން މޯލްޑިވްސް ރިސޯޓަށް ބޭނުންވާ މުވައްޒަފުތަކެއް އައްޑޫން ނަަގަން ނިންމައިފި އެވެ.

ރިސޯޓްގެ އެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ހިންގާ މި ޕްރޮގްރާމްފެ ދަށުން އައްޑޫގައި ބާއްވާ އިންޓަވިއު ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ސެޝަން އޮންނާނީ އެ ދުވަހު ފޭދޫ ސްކޫލްގަ އެވެ.

ކޮކޫން އިން ރިސޯޓްގެ މައިގަނޑު އަށް ދާއިރާއަކަށް ޒުވާނުން ނެގުމަށް ވަނީ ނިންމައިފަ އެވެ.

hjh

އޭގެ ތެރޭގައި ފްރޮންޓް އޮފީސް، އެޑްމިނިސްޓްރޭޝަން، ހައުސްކީޕިން، އެފްއެންޑްބީ، އިންޖިނިއަރިން، ކަލިނަރީ، ފައިނޭންސް އަދި ސެކިއުރިޓީ ހިމެނެ އެވެ.

ކޮކޫން މޯލްޑިވްސްއަކީ ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ ރިސޯޓެކެވެ.