Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ފުވައްމުލަކު ސިޓީގެ ހާލު ދެރަ ބަލިމީހަކު ހެލިކޮޕްޓާގައި މާލެއަށް!

ހާލު ދެރަވި ބަލިމީހާ ހެލިކޮޕްޓަރ އަށް އަރުވަނީ: ފޮޓޯއެމްއެންޑީއެފް

މިއަދު ސިޓީއެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ޏ.ފުވައްމުލަކު ހޮސްޕިޓަލުގައި އޮތް ހާލުދެރަ ބަލިމީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރގައި މިރޭ މާލެ ގެންގޮސްފިއެވެ.

މިރޭ 19:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު "އެމްއެންޑީއެފް ކުރަނގި" ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 89 އަހަރުގެ އަންހެނެކެވެ. މިބަލިމީހާ މާލެ ގެނެސްދީފައި ވަނީ ނޭވާލާން އުނދަގޫވެ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވުމާއި ގުޅިގެންނެވެ.

މިބަލިމީހާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެނެވި ފަރުވާ ދޭން ވަނީ ފަށާފައެވެ.