ބޭނުންވާ ތަކެތި:
1 މޭޒުމަތީ ސަމުސާ ތެޔޮ
2 ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ މަސްޓާޑް ސީޑްސް
3 މޭޒުމަތީ ސަމުސާ ހަވާދު ޕޭސްޓް
1 ކިލޯ ބީޓްރޫޓް (ބޮޑެތިކޮށް ކޮށާފައި)
1 ދިގު ފެހިމިރުސް (ދިގުކޮށް މެދުން ފަޅާފައި)
400 ގުރާމް ޓޮމާޓޯ (ކޮށާފައި)
3 މޭޒުމަތީ ސަމުސާ އެލްމަންޑްސް (ހިމުންކޮށްފައި)
4 މޭޒުމަތީ ސަމުސާ ލޯފެޓް ނެޗުރަލް ޔޯގަޓު
ބާސްމަތީ ބަތް (ބޭނުންނަމަ)
ތައްޔާރު ކުރާނެ ގޮތް:
1. މަތިޖެހި ތަވާއެއްގައި ތެޔޮ އަޅާފައި 8 މިނަޓު ވަންދެން މަޑު ގިނީގައި ފިޔާ މީރުކުރޭ. މަސްޓާޑް ސީޑްސް އަޅާފައި ޓޯސްޓްވަންދެން 1 މިނަޓަށް ކައްކާ. އެއަށްފަހު ހަވާދު ޕޭސްޓް އަޅާފައި 3 މިނަޓަށް ކައްކާ.
2. އޭގެތެރެއަށް ބީޓްރޯޓް އަޅާފައި އެއްކޮށްލާ. އެއަށްފަހު މިރުހާއި ޓޮމާޓޯ އަޅާފައި 2 ޖޯޑު ފެން އަޅާލާ. ތަވާގެ މަތިޖަހާފައި 30 މިނަޓު ވަންދެން މަޑު ގިނީގައި ކައްކާ (އިރުއިރުކޮޅާ މަތި ނަގާފައި ބީޓްރޫޓް މަޑުވަންދެން ހަލުވާލާ) ދެން މަތި ނެގުމަށްފަހު ސޯސްގަނޑު އޮލަވަންދެން ކައްކާ.
3. އުނދުން ނިއްވާލުމަށްފަހު އެލްމަންޑްސްއާއި ޔޯގަޓް ސޯސްގަނޑުގެ ތެރެއަށް އަޅާފައި އެއްކޮށްލާ. ބޭނުންނަމަ މައްޗަށް ޔޯގަޓް ކޮޅެއް އަޅާފައި ބާސްމަތީ ބަތާއިއެކު ފަރީއްކުޅުއްވާ!
މަސްދަރު: ގުޑް ފުޑް މެގަޒިން، ނޮވެމްބަރު 2012