އައްޑޫގައި ފުރަތަމަ ފަހަރަށް ބަނގުރާ ނައްތާލައިފި އެވެ.
ތަފާތު އެކި އޮޕަރެޝަން ތަކުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ބަނގުރާތައް ނައްތާލާފައި ވަނީ އިއްޔެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި މި ރަސްމިއްޔާތުގައި 10 ފުޅި ބަނގުރާ ވަނީ ނައްތާލާފައެވެ.
ފުލުހުން ބުނީ ނައްތާލި 10 ފުޅި އަކީ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން އަތުލައިގަތް ބަނގުރާ އާއި ހިތަދޫ ވަލުތެރޭގައި ކައްކާފައި ހުއްޓާ ފުލުހުން ނެގި ބަނގުރާތަކެއް ކަމަށެވެ.
މި ބަނގުރާ ފުޅިތަކުގެ ތެރޭގައި ހިމެނެނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ފަސް ފުޅި ބަނގުރަލާއި އައްޑޫ ސިޓީ ޕޮލިހަށް ހުށަހެޅިފައިވާ ހަތަރު މައްސަލައެއްގައި ހިމެނޭ ފަސް ފުޅި ބަނގުރަލެވެ. .