Last Updated: November 28, 13:13
Thursday, November 28, 2024
ރިޕޯޓް

ބަރުދަން ލުއި ކުރަން މި މޭވާތައް ކާން އާދަ ކުރޭ

1. ބެރީސް

download

ބެރީސްގައި ގިނަ އަދަދަކަށް ވިޓަމިން ސީއާއި ފައިބަރު ހިމެނެއެވެ. އަދި ބެރީސްއަކީ އެންމެ މަދުން ހަކުރު ހުންނަ ކެލޮރީސް މަދު އެއް މޭވާއެވެ. އެއް ޖޯޑު ސްޓޯބެރީގައި ހުންނާނީ އެންމެ 50 ކެލޮރީސްއެވެ. އަދި އެއް ޖޯޑު ބްލުބެރީސްގައި 80 ކެލޮރީސްވާއިރު، އެއް ޖޯޑު ރާސްޕްބެރީސްގައި ހުންނަނީ 65 ކެލޮރީސްއެވެ. އަދި އެއް ޖޯޑު ބްލެކްބެރީސްގައި ހުންނަނީ އެންމެ 60 ކެލޮރީސްއެވެ. ފޮނި އެއްޗެއް ކާހިތްވާނަމަ، މިއިން ކޮންމެ ކަހަލަ ބެރީއެއްވެސް ކެއުން ރަނގަޅެވެ.

2. ދޮންކެޔޮ

download-4

ދޮންކެޔޮ ކެއުމުން ވަރަށް ފަލަވާކަމަށް ވޭތުވެދިޔަ އަހަރުތަކުގައި ޤަބޫލުކުރެވުނަސް، ފަހުގެ ދިރާސާތައް ދައްކާ ގޮތުން ދޮންކޭލަކީ ވަރަށް ފައިދާހުރި މޭވާއެކެވެ. ޕޮޓޭސިއަމްއާއި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެންވުމުގެ އިތުރުން، ޚާއްސަ ސްޓާޗުގެ ބާވަތެއް ކަމަށްވާ "ރެސިސްޓެންޓް ސްޓާޗު" ވެސް ދޮންކޭލުގައި ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެ ސްޓާޗުއަކީ ހަށިގަނޑުގެ ސަރުބީތައް ވިރުވައިދީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ އެއްޗެކެވެ. މެދު ސައިޒުގެ ދޮންކޭލެއްގައި ހުންނަނީ 100 ކެލޮރީސްއެވެ.

3. އަނބު

download-1

އެއް މެދު ސައިޒުގެ އަނބެއްގައި 130 ކެލޮރީސްއާއި، 3 ގުރާމަށްވުރެ ގިނަ ފައިބަރާއި، އެދެވިގެންވާ މިންވަރަކަށް ވިޓަމިން ސީއާއި، ވިޓަމިން އޭ އަދި ކުޑަކޮށް ކެލްސިއަމްވެސް އެކުލެވިގެންވެއެވެ. މި ލިސްޓުގައި ބަޔާންކުރެވިފައިވާ އެހެން މޭވާތަކަށްވުރެ އަނބުގައި ހަކުރު ގިނަވާނެއެވެ. އެހެންކަމުން މެދު މިންވަރެއްގައި އަނބު ކާށެވެ.

4. އާފަލު

download-2

ދުވާލަކު އެއް އާފަލު ކާ މީހަކު ޑޮކްޓަރަށް ދާކަށް ނުޖެހޭނެއޭ ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އާފަލަކީ ސިއްޙަތަށް އެންމެ ފައިދާހުރި އެއް މޭވާއެވެ. މެދު ސައިޒުގެ އާފަލެއްގައި ހުންނަނީ 100 އަށްވުރެވެސް މަދު ކެލޮރީސްއެވެ. އަދި ހަތަރު ގުރާމް ފައިބަރާއި، ރަނގަޅު މިންވަރަކަށް ވިޓަމިން ސީވެސް އޭގައި އެކުލެވިގެންވެއެވެ.

5. މޭބިސްކަދުރު

download-3

އެއް ޖޯޑު މޭބިސްކަދުރުގައި ހުންނަނީ ގާތްގަނޑަކަށް 100 ކެލޮރީސްއެވެ. ވިޓަމިން ސީއިން މުއްސަނދި މި މޭވާގައި ފައިބަރު އެހާ ގިނައެއް ނޫނެވެ. ފެހި މޭބިސްކަދުރާއި ރަތް މޭބިސްކަދުރުގެ ތެރެއިން އަބަދުވެސް ރަތް މޭބިސްކަދުރު އިޚްތިޔާރު ކުރާށެވެ. ރަތް މޭބިސްކަދުރުގައި ފެހި މޭބިސްކަދުރަށްވުރެ ގިނަ އެންޓިއޮކްސިޑެންޓްސްއާއި ނިއުޓްރިއެންޓްސް ހުރެއެވެ.