މާބަނޑު ދުވަސްވަރު ފައި ދުޅަވުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. މިއީ އާއްމު ކަމެއް ނަމަވެސް ގިނަ މީހުން މިކަމާ ކަންބޮޑުވެއެވެ.
ވިހެއުމުގެ ދުވަސްވަރު ކައިރިވަމުން އަންނަ ވަރަކަށް މިކަމުގެ ނިޝާންތައް ފެންނަލެއް ބޮޑުކަން ފާހަގަކުރެވެއެވެ.
އާއްމުގޮތެއްގައި މިކަމުގެ ސަބަބުން މާބަނޑުމީހާ ނުވަތަ ބަނޑުގައި ވާ ދަރިފުޅަށް ގެއްލުންތަކެއް ވާކަމަށް ޑޮކްޓަރުން ލަަފައެއް ނުކުރެއެވެ.
ފައިގެ ދުޅަކަން ކުޑަކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަހަލަ ކަންތައްތަކަށް ބަލާ އިރު:
* ގިނައިރު ކޮޅަށް ނުހުރުން
* އިށީދެނގެން އިންނައިރު ފައި ހުރަސް ކޮށްގެން ނުހުރުން
* ގިނައިިރު އިށީދެނގެން އިންނަ ނަމަ ސްޓެރެޗިން ހަދާލުން
* ނިދަން އޮންނައިރު ވައަތް ފަރާތަށް އޮތުން
* މާބަނޑު އަންހެނުންނަށް ޚާއްސަ އުނަގަނޑާ ހަމައަށް ހުންނަ ސްޓޮކިންގް ބޭނުން ކުރުން
* ގިނައިން ފެން ބުއިން
* މޫދަށް ނުވަތަ ޕޫލަކަށް ކަރުތާ ފެނާހަމައަށް އެރުން
* ގަވައިދުން ކަސްރަތު ކުރުން
* ހޫނު ގަދަ ދުވަސްވަރު ފިނިވާނެ ގޮތްތައް ހޯދުން
މިގޮތަށް ކަންތައް ކުރުމުން ފައިގެ ދުޅަ މަޑުވާކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އެހެން ނަމަވެސް ފައިގެ އިތުރުން މޫނު، އަތް ނުވަތަ ލޯ ކައިރި ދުޅަވާކަމަށް ފާހަގަ ކުރެވޭނަމަ ލަސްނުކުރައްވާ ޑޮކްޓަރަކަށް ދައްކަވަން ވާނެ އެވެ.