Last Updated: November 25, 17:35
Monday, November 25, 2024
ކުޅިވަރު

ނަތީޖާއަކާ ނުލައި ރޯވިން ޓީމް އަތުވެއްޖެ

ވިއެޓްނާމްގައި ބޭއްވި ފަސް ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަ ކުރި އައްޑު އަށް ނިސްބަތްވާ ގައުމީ ރޯވިން ޓީމް ފާހަގަ ކުރެވޭ އެއްވެސް ނަތީޖާއެއް ނުލިބި މުބާރާތް ނިންމާލައި، އައްޑު އަށް އަތުވެއްޖެ އެވެ.

މިދިޔަ މަހުގެ 24 އިން މި މަހުގެ ތިނެކަށް ބޭއްވި ބީޗް ގޭމްސްގެ ރޯވިންގައި ރާއްޖޭގެ އަށް ރޯވިން އެތުލީޓުން ބައިވެރިވި އެވެ. އެއީ އަންހެން ހަތަރު އެތުލީޓުންނާއި ފިރިހެން ހަތަރު އެތުލީޓުންނެވެ.

fhg

މުބާރާތުގައި އަންހެން ރޯވިން ޓީމަށް ލިބުނީ ހަތް ވަނަ އެވެ. އަދި ފިރިހެން ޓީމް ވަނީ ސެމީ ފައިނަލާ ހަމައިން ކަޓައިފަ އެވެ.

އަށް އެތުލީޓުންނާއި ދެ އޮފިޝަލުންނާ އެކު ވިއެޓްނާމަށް ދިޔަ ރޯވިން ސްކޮޑް އައްޑު އަށް އައީ އިއްޔެ އެވެ.