Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ކަރަންޓް މައްސަލަ ހައްލު ކުރަން އަދި ހަ މަސް!

އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން އަދި ހަ މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫގައި ބޭނުން ކުރަން ދެ މެގަވޮޓްގެ ދެ ޖަނަރޭޓަރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެކަމަކު އެ ޖަނަރޭޓަރުތައް އަދި ހުރީ މާލޭގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރަން ޖެހެނީ ސީ ވޯޓާ ކޫލިންގް ސިސްޓަމަކާ އެއްކޮށް ކަމަށްވާތީ އެ މަސައްކަތް ނިމުމުން ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އައްޑޫގައި ފެށިގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސީ ވޯޓާ ކޫލިންގް ސިސްޓަމް ގާއިމް ކުރުމަށް ބޯ ހޯލް ތޮރުފުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންވެ އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 140 ދުވަސް ތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

yutugkjh

އޭނާ އަދި ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް ހަފުގެތާ ތެރޭގައި ފަަށާނެ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންމެ ދުވަހަކު ގަޑިއެއްހާ އިރަށް އެކި ވަގުތުތަކުގައި ކަރަންްޓް ކަނޑަމުންދާތީ މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ.

ފެނަަކަ އިން ބުނީ ކަރަންޓްގެ މައްސަލަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން މަރުކަޒީ އިންޖީނު ގޭގައި ހުރި ޖަރޭޓަރަށް ބޭނުންވާ ސްޕެއާ ހޯދުމަށް އެމްޓީސީސީގައި އެދިފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ސްޕެއާ ލިބި ކަރަންޓްގެ ހާލަތު އާންމު ހާލަތަކަށް އެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.