Last Updated: November 25, 17:24
Monday, November 25, 2024
ސިޔާސީ

"ރައީސާ ދެކޮޅަށް ޕީޕީއެމް މަޖިލިސް މެމްބަރުން ތެދުވަން ޖެހޭ"

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންނާ ބީރައްޓެހި ބޭފުޅެއް ކަމަށާއި މިއަދު ޕީޕީއެމްގެ މަޖިލިސް މެންބަރުން އެކަން އިހުސާސްކޮށްފި ނަމަ، ރައީސް ޔާމީނާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް ސަރުކާރުން ކަންކަން ނިންމުމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އަދި އެކަންކަމާ ގުޅިގެން ރައީސް ޔާމީން އެކަހެރިވަމުންދާ މަންޒަރު މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލައި، ކަރަންޓްގެ އަގު ވެސް ބޮޑު ކުރި މައްސަލާގައި ގިނަ ރައްޔިތުން ދަނީ ރައީސް ޔާމީނަށް ވަަރަށް ބޮޑަށް ފާޑު ކިޔައި، އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވައިލަމުންނެވެ.

އެހެން ނަމަވެސް މިކަން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ ދިފާއު ކުރައްވަމުންނެވެ.

ރައްޔިތުންގ އަސާސީގެ ހައްގުތަކަށް "އަރައިގެންފައިވާތީ" 2018 ގެ ވޯޓުން އެކަން ރައީސް ޔާމީނަށް ފެނިގެން ދާނެ ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.